ޢާންމު މަޢުލޫމާތު
ނަންބަރު: GS124/IUL/2025/15
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 27 ނޮވެންބަރު 2025 13:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން ( ޕްރޮޖެކްޓް ނަމްބަރ 04/2025 ) ދެވަނަ އިޢުލާން.

އިނގުރައިދޫ ސްކޫލް                                                               Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ                                          R.Inguraidhoo / Republic of Maldives

                                                                        ނަންބަރ: GS124/IUL/2025/15  

އިޢުލާން

  2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން ( ޕްރޮޖެކްޓް ނަމްބަރ 04/2025 ) ދެވަނަ އިޢުލާން.

                  މިސްކޫލުގެ ނަމްބަރ: GS124/IUL/2025/13 (ތާރީޚް: 29 އޮކްޓޫބަރ 2025 ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ބިޑުކޮމެޓީން ނިންމާފައިވާތީވެ، ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

                 1 ޖެނުއަރީ 2026 ން 31 ޑިސެމްބަރ 2026 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                 މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2025 ވަނަ   ދުވަހުގެ 12:00ގެ ކުރިން 6580012 ނުވަތަ 7555737،އަށް ގުޅުއްވާ   ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
  2. ރެޖިސްޓްރީ ނަންބަރ
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

         ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ 27  ނޮވެމްބަރ 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި އިނގުރައިދޫ ސުކޫލް އޮފީހުގައެވެ. މައުލޫމާތު ދެވޭ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތެއްގެ ބިޑް ބަލައިނުގަނެވޭނެ އެވެ.

                   އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 2 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި އިނގުރައިދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                   އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6580008 ނަންބަރު ފޯނާއެވެ.  އީމެއިލް ކުރައްވާނަމަ [email protected]  ށް މެއިލް ކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

                               28  ޖުމާދަލްއޫލާ 1447ހ

                               19 ނޮވެންބަރ 2025މ                      

 

                                                                        ސަޢީދު އިބްރާހިމް

                                                                   ( ޕްރިންސިޕަލް )      

19 ނޮވެންބަރު 2025