ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-ESDS/468/2025/262
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 25 ނޮވެންބަރު 2025 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ފުވައްމުލައް ސިޓީ ކައުންސިލް މަސްރޭސް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިކައުންސިލުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން "ފުވައްމުލައް ސިޓީ ކައުންސިލް މަސްރޭސް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

             ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 ނޮވެންބަރު 2025 ގެ 12:00 ގެ ކުރިން މި ފޯމު (https://forms.gle/chBk1zk1E9Jeg6jd7) ފުރިހަމަ ކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން އަދި މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

             އަދި ދަންނަވަމެވެ. ޢާންމު މަސްވެރިކަމުގެ ބައިގައި 10 ޑިސެންބަރު 2025 ވަނަ ދުވަހު މަހަށްފުރާ އަދި އެދުވަހުގެ 07:00 އާއި 10:30 އާއި ދެމެދު މަހުން ލަފާ، މަސްކިރާ ކޮންމެ އުޅަނދަކަށް ބައިވެރިވެވޭނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1618 އަށް ގުޅުއްވުން އެދެމެވެ.

16 ނޮވެންބަރު 2025