ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2026 މާލޭއިން ލޯންޗެއްގައި 30 މިނިޓަށްވުރެން ދަތުރުގެ ދިގުމިން އިތުރުނުވާނެހެން، ބާއްވާނެ ތަނަކާއި، ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ވަސީލަތްތަކާއި މި ބައްދަލުވުމުގެ ކޭޓަރިންގ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ބިޑު ސެކިއުރިޓީ
މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި (7200.00) (ހަތް ހާސް ދުއިސައްތަ) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން (3 މަސް) ދުވަހެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 01 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 01 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 23 ނޮވެމްބަރ 2025 ވާ ބުދަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް[email protected]
ކޮޕީ: [email protected]
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 01 December 2025 at 10:05hrs – Procurement of a Conference Facility, Conference Services and Catering to hold the Maldives Protected and Conserved Areas Forum 2026 in a facility near Male’, Maldives. – (IUL)88-ENV/88/2025/604” and the submitting party’s name and address
ޕްރޮކިއުމަންޓް ޑިވޝަން
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ފާށަނާ މާލަން، ދަރުބާރުގެ، އަމީނީމަގު، ހެންވޭރު، މާލެ، 20344، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.