ދިވެހިރާއްޖެ
އދ. މާމިގިލީ އިޖްތިމާޢީ މަރުކަޒަށް ބޭނުންވާ 350 ގޮނޑި އަދި 20 މޭޒު ގަންނަން ބޭނުންވާތީ ގޮނޑި އަދި މޭޒު ވިއްކާފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މަތީގައި ދެންނެވިފައިވާ ގޮނޑި އަދި މޭޒު ވިއްކުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2025 ނޮވެމްބަރ 19 ން 2025 ނޮވެމްބަރ 25 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250 ރ ( ދުވިސައްތަ ފަންސާސް ރުފިޔާ ) އެވެ. ބިޑް ހުށަހަޅުއްވާނީ 2025 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 26 ވާ ބުދަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. މަޢުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .