ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
2026 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 25 ނޮވެމްބަރ 2025 ގެ ނިޔަލަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:30 އާ ދެމެދު ސްކޫލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ.
މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.
ބިޑު ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 30ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް އޮފީހުގައެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
އީމެއިލް:[email protected]