ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2025/54 |
|
ތާރީޚް |
27 ޖުމާދިލްޢޫލާ 1447 |
|
|
18 ނޮވެމްބަރ 2025 |
ގދ.ވާދޫ ކައުންސިލުން ބަނދަރުގައި ހަދާފައިވާ ކެފޭ ކުއްޔަށް ދޫކުރުން
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ރަށު ބަނދަރު ސަރަޙައްދުގައި މިކައުންސިލުން ހަދާފައިވާ ކެފޭ ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިދެންނެވި ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ްބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ޕްރީބިޑް މީޓިންގް ގައި ބައިވެރިވެ،ކަނޑައެޅިފައިވާ ސުންގަޑިޔަށް ޕްރޮޕޯސަލްް ހުށަހެޅުއްވުން އެދެމެވެ.ޕްރީބިޑް މީޓިންގް ގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
ޕްރޮޕޯސަލްް ހުށަހެޅުމާބެހޭ
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
26 ނޮވެމްބަރ 2025 |
ބުދަ |
14:00 |
|
ޕްރީބިޑް މީޓިންގް ބާއްވާ ގަޑި |
27 ނޮވެމްބަރ 2025 |
ބުރާސްފަތި |
10:00 |
|
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
30 ނޮވެމްބަރ 2025 |
އާދީއްތަ |
13:00 |
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް