ދިވެހިރާއްޖެ
ކަސްޓަމްސް ހެޑްއޮފީސް އިމާރާތުގެ 2 ވަނަ، 3 ވަނަ އަދި 4 ވަނަ ފަންގިފިލާއަށް ބޭނުންވާ އެއަރކޮންޑިޝަން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް12 ނޮވެންބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/123 އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނައުމަށް ބޭނުންވާތީ، 12 ނޮވެންބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/123 އިޢުލާނު ބާޠިލުކޮށް، ކަސްޓަމްސް ހެޑްއޮފީސް އިމާރާތުގެ 2 ވަނަ، 3 ވަނަ އަދި 4 ވަނަ ފަންގިފިލާއަށް ބޭނުންވާ އެއަރކޮންޑިޝަން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލް ފޮނުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.