ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-WDC/266/2025/267
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 25 ނޮވެންބަރު 2025 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭސްޓްރީ ކޯސް 2025

ޕޭސްޓްރީ ކޯސް 2025

          މިކޯހަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގަން ހަމަޖެހިފައިވާ ޕޭސްޓްރީ ލެވެލް 1 އަދި 2 ކޯހެކެވެ. މިކޯހުގެ މަޤްސަދަކީ އަންހެނުން ބާރުވެރިކުރުމާއި ގޭގައި ތިބެގެންވެސް އަންހެން ބޭފުޅުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ފަދަ ވިޔަފާރިއެއް ކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމެވެ. މި ކޯހުގައި ބައިވެރި ވެވެނީ ޖުމްލަ 40 ބައިވެރިންނަށެވެ. ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.office.com/r/76MjkHwGe8  މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކޯހުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މިކޯހުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކޯހާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527105 އަށެވެ.

18 ނޮވެންބަރު 2025