ދިވެހިރާއްޖެ
އިޢުލާނު
ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި މި ކައުންސިލުން "ފިއްލަދޫ ކައުންސިލް ކަޕް 2025" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެނުންނަށް ޚާއްޞަ ފުޓްސަލް މުބާރާތާއި އަންހެނުންނަށް ޚާއްޞަ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި މިކައުންސިލްގެ ނަމްބަރ: (IUL)252/252/2025/105 އާއި ގުޅިގެން އެކަށިގެންވާ އަދަދަކަށް ޓިމްތައް ބައިވެރިވެފައިނުވާތީ ޓީމްތަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ކައުންސިލް ކަޕް2025 ގައި ކުރިން ރަޖިސްޓްރީ ކޮއްފައިވާ ޓީމްތައް އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ
ވީމާ، މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ހުށައެޅުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިމުބާރާތުގައި ޓީމްތައް ރަޖިސްޓްރީކުރުމަށް އެދޭފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މި އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވެމެވެ.
ކައުންސިލް ކަޕް 2025 ގެ މުބާރާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2025 ވަނަ ދުވަހުއެވެ..
މި މުބާރާތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 6500023 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.