ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
|
|
|
ނަންބަރ: H/IUL/2025/249 |
|
|
|
|
||
|
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު |
|
||
|
މަސްޖިދު މުޙައްމަދުގެ މަރާމާތަށް ބޭނުންވާ އެލުމިނިއަމް ދޮރު އަދި ކުޑަދޮރު ސަޕްލައިކޮށް އިންސްޓޯލްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 ނޮވެންބަރު 20 ވާ (ބުރާސްފަތި) ދުވަހުގެ 11:15 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. |
|
||
|
|
|
||
|
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކެވެ. |
|
||
|
މި މަސައްކަތަށް ހުށަހަޅާ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ހުށެހެޅުންތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު: އަގު: 100 ޕޮއިންޓް ހުށަހަޅާ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×100 މުއްދަތު: މިމަސައްކަތަށް ހުށަހަޅާ މުއްދަތު 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ. - ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތު: މަދުވެގެން 45 ދުވަސް. - ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި. |
|
||
|
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. ހެޑް އޮފް ޕްރޮކިއުމަންޓް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިޢުލާން ނަންބަރު: H/IUL/2025/249 |
|
||
|
އަންދާސީހިސާބު ހުޅުވުން: މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 ނޮވެންބަރު 23 ވާ (އާދިއްތަ) ދުވަހުގެ 11:45 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. |
|
||
|
26 ޖުމާދަލްޢޫލާ 1447 |
|
||
|
17 ނޮވެންބަރު 2025 |
|
||
|
ނޯޓް:
|
|
||