ދިވެހިރާއްޖެ
އިޢުލާން
"އައި.ވީ.އެފް" ގެ ފަރުވާތައް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ
"ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 2025 ވަނަ އަހަރު "އައި.ވީ.އެފް" ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމުގައި ދަންނަވަމެވެ.
"އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން މިފުރުސަތަށް އެދިލެއްވުމަށް https://one.gov.mv ޕޯރޓަލް މެދުވެރިކޮށް ފަސޭހަކަމާއިއެކު އޮންލައިންކޮށް މިފޯމް ހުށަހެޅުމަށް 20 ނޮވެންބަރު 2025 އިން ފެށިގެން 20 ޑިސެންބަރު 2025 ގެ 14:00 ނިޔަލަށް ހުޅުވާލެވިގެން ދާނެކަމުގައި ދަންނަވަމެވެ.
]"އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު “މިއެޖެންސީގެ ވެބްސައިޓް (https://www.nspa.gov.mv/dh/wp-content/uploads/2025/11/IVF-and-IUI-usool_2nd-edition.pdf) ގައިވާނީ ޝާއިޢުކުރެވިފައެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
26 ޖުމާދަލްއޫލާ 1447
17 ނޮވެންބަރު 2025