ދިވެހިރާއްޖެ
ރަށުގެ އިރުމަތީކޮޅު ރާޅުގަނޑު ސަރަޙައްދުގައި، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 6,200 އަކަފޫޓުގެ ބިން (ބިން 1)، ގެސްޓްހައުސް ވިޔަފާރި އަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 18 ނޮވެންބަރު 2025 އިން 27 ނޮވެންބަރު 2025 11:00ގެ ނިޔަލަށް, ތިރީގައިވާ ލިންކު މެދުވެރިކޮށް، "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުން އެދެމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ކޮންމެ ފަރާތަކުންވެސް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު [email protected] މެއިލްއަށް ރަސީދު ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
ފައިސާ ޓްރާންސްފަރކުރާއިރު ރިމާކްސްގައި ލިޔުއްވާނީ: :6,200 SQ,FT (Slot 1) Bid registration of leasing tourism land
އެކައުންޓް ނަމްބަރު: 7709700388001
އެކައުންޓް ނަން: 1411 Revenue 01
ބިޑު ރަޖިސްޓަރީ ފޯމް ލިންކް:
https://forms.gle/NdqDNVTdxArbfVPq8
|
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން: |
30 ނޮވެންބަރު 2025 ގެ 11:00 މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމް |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި ބިޑަށް ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ފޯނު: 7341410
އިމެއިލް: [email protected]
ނޯޓް: މިއީ މިކަމާއި ގުޅިގެން ކުރެވުނު 04 ވަނަ އިޢުލާނެވެ. މީގެ ކުރިން މިކަމަށް ކުރެވުނު 3 އިއުލާންވަނީ ބާތިލް ކުރެވިފައެވެ.