ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-IMS/468/2025/26
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:04
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސައާއި ގުޅޭ:

ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ފެނަކަނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ސާރވޭއިން ފާހަގަކުރެވިފައިވާ ގޮތުގައި، މި ސިޓީގެ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާގޮތަށް) ހަދާފައިވާކަން ފާހަގަކުރެވިފައިވާ ކަންމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކައުންސިލަށް ވަނީ އަންގަވާފައެވެ.

      މިފަދަ ކަނެކްޝަންތައް ހެދުމަކީ 'ފެނާއި ނަރުދަމާގެ ޤާނޫނު' (ޤާނޫނު ނަންބަރު: 8/2020) ގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅިގެން މަނާކުރެވިފައިވާ ކަމެކެވެ.

    ވީމާ، ފުވައްމުލައް ސިޓީގެ އެއްވެސް ގޭބިސީއެއްގައި ފެނުގެ ކްރޮސް ކަނެކްޝަން ހަދާފައިވާނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަން އިޞްލާޙުކުރެއްވުމަށް އިޙްތިރާމާއެކު ދަންނަވަމެވެ

16 ނޮވެންބަރު 2025