ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-48/1/2025/5
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 24 ނޮވެންބަރު 2025 10:00
މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

  • 01 ޖަނަވަރީ 2026 އިން 31 ޑިސެންބަރު 2026 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • މިމަސައްކަތުގެ މބީލަންފޮތް އެޓޭޗްކުރެވިފައި ވާނެއެވެ.
  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 ނޮވެންބަރު 2025 އިން 23 ނޮވެންބަރު 2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ނުވަތަ އީމެއިލް ފޮނުއްވުންއެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި މުޙައްމަދު ޖަމާލުއްދީން ސްކޫލުގައި އޮންނާނެއެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 1 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 10.00 ގައި މުޙައްމަދު ޖަމާލުއްދީން ސްކޫލުގައެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·         މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • ·         ފޯން:  6860003
  • ·         އީ-މެއިލް: [email protected]
17 ނޮވެންބަރު 2025