ދިވެހިރާއްޖެ
|
|
|
ނަންބަރ: (IUL)GAAH/P10/2025/01 |
އިއުލާން
ގއ. ކަނޑުހުޅުދޫ ސއްޙީ މަރުކަޒުގެ އެތެރެއަށް ވަންނަ ދޮރު ކުރިމަތީގެ ތަޅުން (ރޭމްޕް) މަރާމާތު ކުރުން
މި ސިއްޙީ މަރުކަޒު އިމާރާތަށް ވަނުމަށް ހަދާފައިވާ ރޭމްޕް އަދި ހިނގާރި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މި ސިއްޙީ މަރުކަޒުގެ ބައު އިމާރާތުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 30 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހު މެންދުރު 14:00 އަށް މި ސިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މި ސިއްޙީ މަރުކަޒުގެ ނަންބަރ: 6820115, 7480444 ނުވަތަ 7630604 އަށް ފޯނުން ރަސްމީ ގަޑީގައި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.