ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހދ.ނޮޅިވަރަންފަރުން ތިރީގައި ބަޔާންކޮށްފައިވާ ހަތަރު ބިން، ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ދަންނަވާފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
# |
ބިމުގެ ބާވަތް |
ސްލޮޓް |
އަކަފޫޓް |
އެންމެ ކުޑަކުލި (އަކަފޫޓަކަށް) |
މުއްދަތު |
ގްރޭސް ޕީރިއަޑް |
|
1 |
ކޮމާޝިއަލް (ކެފޭ، ރެސްޓޯރެންޓް، ފިހާރަ، ސްވެނިއަރ ޝޮޕް) |
59.7 A |
2017 |
0.60ރ |
30 އަހަރު |
12 މަސް |
|
2 |
B 59.7 |
3838.72 |
0.60ރ |
30 އަހަރު |
12 މަސް |
|
|
3 |
C 59.7 |
4208.50 |
0.60ރ |
30 އަހަރު |
12 މަސް |
|
|
4 |
D 59.7 |
4208.50 |
0.60ރ |
30 އަހަރު |
12 މަސް |
ރަޖިސްޓްރީކުރުމުގެ ސުންގަޑި: 20 ނޮވެމްބަރ 2025 (ބުރާސްފަތި) ގެ 14:00އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/1Y4Qy1bXcP
ޕްރީ ބިޑް މީޓިން ތާރީޚް: : 23 ނޮވެމްބަރ 2025 (އާދީއްތަ) ގެ 13:00އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި
އަންދާސީ ހިސާބު ހުށަހެޅުން 26 ނޮވެމްބަރ 2025 (ބުދަ) 13:00 އަށް
ވިޔަފާރި ބިންތަކާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، 2025 ނޮވެމްބަރ 23 (އާދީއްތަ) ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ހުށަހަޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.