ކުއްޔަށް ދިނުން
ނަންބަރު: (IUL)262/262/2025/108
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 25 ޑިސެންބަރު 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ބިންތަކުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ބިންތަކުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

No #

Plot Name

Est. Size (SQM)

1

Plot C

6,864.18

2

Plot G

2,040.80

3

Plot H

2,170.39

4

Plot I

2,038.96

5

Plot J

1,395.89

6

Plot K

1,748.65

7

Plot L

1,750.39

8

Plot M

1,744.84

9

Plot N

1,857.62

10

Plot O

1,850.83

11

Plot P

1,841.26

12

Plot Q

1,918.31

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކައުންސިލަށް ނުވަތަ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 26 ނޮވެމްބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރެޖިސްޓްރީ ކުރުމުގެ ލިންކް:  https://forms.office.com/r/zy38PC3dXU

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް އަދި މައުލޫމާތު ޝީޓް (IFB) މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 13:00 އާއި ދެމެދު ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރިސެޕްޝަންއިން ނުވަތަ މެއިލް މެދުވެރިކޮށެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލުގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

16 ނޮވެންބަރު 2025