ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-PD(PMS)/23/2025/365
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 25 ނޮވެންބަރު 2025 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މައިގްރޭންޓު ހެލްތު ސްކުރީންއަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

                               އިޢުލާން

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މައިގްރޭންޓު ހެލްތު ސްކުރީންއަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/332 (06 އޮކްޓޯބަރ 2025) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތުގެ އަގުތައް މިމަސައްކަތަށް އަންދާޒާކޮށްފައިވާ އަގުތަކަށްވުރެ ބޮޑުވާތީ މިއިޢުލާން ބާތިލްކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތައް އަލުން 16 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 25 ނޮވެންބަރު 2025 އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                          20 ޖުމާދަލްއޫލާ 1447ހ.

 

16 ނޮވެންބަރު 2025