ދިވެހިރާއްޖެ
އިޢުލާން
މަހުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްކުރުމަށް M-01 މަސްބިން ކުއްޔަށް ދޫކުރުން
މަހުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްކުރުމަށް މަސްބިން ނަންބަރު M-01، 7 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިންކުއްޔަށް ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިން ކުއްޔަށްހިފަން އެދޭ ފަރާތްތަކުން 23 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް މި ކައުންސިލުގެ މެއިލް [email protected] އަށް ނުވަތަ ކައުންސިލަށް ހުށަހެޅުން އެދެމެވެ.
ބީލަން ހުށަހެޅުން އޮންނާނީ، 27 ނޮވެމްބަރ 2025 ވާ ބުރާސްފަތި 13:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %80 ޕޮއިންޓް (ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- ތަޖުރިބާ: %20 ޕޮއިންޓް (ހަމައެކަނި މަހުގެ އުފެއްދުން ތަކުގެ މަސައްކަތް ކޮށްފައިވާ/ކުރާކަމުގެ ރަސްމީލިޔުންތަކަށް. މިބާވަތުގެ ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓް)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.