ނީލަން
ނަންބަރު: 001
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 17 ނޮވެންބަރު 2025 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭއާ އިންވެގެން ހުރި ރުއްގަސް ވިއްކާލުން

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ އޯ.އެލް.އެސް އަށް އަރާ ރަންވޭގެ އުތުރުފަރާތުން އިންވެގެން ގާތްގަނޑަކަށް 315 މީޓަރާ ހަމައަށް ހުރި ރުއްގަސް ނެގުމަށް ނިންމާފައިވާތީ، އެ ރުއްގަސް ތިރީގައި ބަޔާންކޮށްފައިވާ އަގުތަކުގައި ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި ގޮތުގެމަތިން ހުށަހެޅުއްވުމަށް މި އިޢުލާންކުރަމެވެ.

ރުއްތަކުގެ ކެޓަގަރީއާއި އަގު:

ކެޓަގަރީ

ތަފްޞީލް

އަގު (ދިވެހި ރުފިޔާ)

ކެޓަގަރީ 1

ކުރުއްޕަތް ރުއް

50ރ.

ކެޓަގަރީ 2

ކަނދުގަނޑުލީ ކުދި ރުއް  

250ރ.

ކެޓަގަރީ 3

ކަނދުގަނޑުލީ ބޮޑެތި ރުއް  

300ރ.

ކެޓަގަރީ 4

ރުއްވަކަރު 10 ފޫޓާއި 20 ފުޓާއި ދެމެދު

650ރ.

ކެޓަގަރީ 5

ރުއްވަކަރު 20 ފޫޓަށްވުރެ ދިގު

750ރ.

ގަހުގެ ކެޓަގަރީ

ކެޓަގަރީ 1

ކުދި ގަސް

50ރ.

ކެޓަގަރީ 2

މެދު ގަސް

200ރ.

ކެޓަގަރީ 3

ބޮޑެތިގަސް (ލަކުޑި ބޭނުންކުރެވޭ ގަސް)

ގަންނަ ފަރާތުން އިންސްޕެކްޓްކޮށް، ވަކި ވަކި ގަހަށް އަގު ހުށަހަޅާ ގޮތަށް.

ރުއްނެގުމުގެ މަސައްކަތް ކުރަންޖެހޭ އުސޫލުތައް

  • ރުއްގަސް ނެގުމާއި ގެންދިޔުމުގެ މުއްދަތު

    • ރުއްގަސް ގަންނަ ފަރާތަށް ވިއްކާ ރުއްގަހުގެ ރިފަރެންސް ނަންބަރު އެންގުމާއެކު، ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ރުއް ބުޑާއެކު ކޮނެގެން ނަގަންވާނެއެވެ.
    • ރުއް ނެގުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި ރުއް ހުރި ސައިޓުން ބޭރު އެހެން ސަރަޙައްދަކަށް ގެންދަންވާނެއެވެ.

    ރުކުގެ ދިގުމިން ބެލުން

    • ރުކުގެ ދިގުމިން ބަލާނީ ރުކުގެ ބުޑުން ފެށިގެން (މޫގަނޑު ނުހިމެނޭގޮތަށް) ރުކުގެ ކުރިގަނޑު ފެށޭ ހިސާބަށް ހުންނަ ވަކަރުންނެވެ.

    ޢަމަލުކުރަންޖެހޭ އުސޫލުތައް

    • ރުއް ނެގުމުގެ މަސައްކަތް ކުރާއިރު، ކުންފުނިން ދޭ އާންމު އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.
    • ރުކަށް ފައިސާ ދެއްކުމާއި ރުއް ގެންދިޔުމާ ގުޅޭ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނީ ރުއް ވިއްކުމާ ގުޅޭ ޝަރުޠުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.


ވީމާ، މަތީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރުއްގަސް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް ނުވަތަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އޮފީހަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި، މި މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ފަރާތަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ނަން:  ހަސަން ޝާހިދު / ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ފޯނު ނަންބަރު:  9919949

 

 

 16 ނޮވެންބަރު 2025

 

16 ނޮވެންބަރު 2025