ދިވެހިރާއްޖެ
މި ޓްރައިބިއުނަލުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގައި އަމިއްލަތަކެތީގައި ކާޕެޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި އިޢުލާނާ އެކުގައިވާ ބީލަން ފޮތާ އެއްގޮތްވާގޮތުގެ މަތިން މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:
ތާރީޚު: 23 ނޮވެންބަރު 2025 (އާދިއްތަ)
ގަޑި: 11:00
ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، (ގ.ފަތުރުވެހި 2 ވަނަ ފަންގިފިލާ)
މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ތަކެތީގެ ތަފްޞީލު މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. މި ބީލަމާ ގުޅިގެން މިންތައް ނެގުމަށާއި، ސައިޓް ވިޒިޓަށް ވަޑައިގަތުމަށް ބޭނުންފުޅުވާނަމަ، 20 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ޓްރައިބިއުނަލަށް އެކަން އީމެއިލް ([email protected]) މެދުވެރިކޮށް އެންގުމުން އެ ފުރުޞަތު ދެވޭނެއެވެ.