ދިވެހިރާއްޖެ
ހއ، އުތީމު ޞިއްޙީމަރުކަޒުގެ ކުރީގެ އޮފީސްބައި ލެބޯޓްރީއަށް ބަދަލުކުރުމަށްޓަކައި މިމަރުކަޒުންދޭ ކުރެހުމާއި އެއްގޮތަށް 2 ކަބަޑުސެޓް ޖެހުމާއި، މިހާރު އިން ބޮޑުދޮރު ނެގުމަށްފަހު އެލުމިނިއަމް ދޮރަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ ތާވަލުގައިވާ ގޮތުގެމަތިން މިމަރުކަޒަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް/ ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
|
މަޢުލޫމާތު ސާފުކުރުން |
16 ނޮވެމްބަރ 2025 (އާދިއްތަ) |
11:00 |
ހއ. އުތީމު ޞިއްޙީމަރުކަޒު (އިދާރީ އޮފީސް) |
|
އަންދާސީ ހިސާބު ހުށަހެޅުން |
20 ނޮވެމްބަރ 2025 (ބުރާސްފަތި) |
11:00 |
ހއ. އުތީމު ޞިއްޙީމަރުކަޒު (އިދާރީ އޮފިސް) |
އަދި ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.