ބީލަން
ނަންބަރު: (IUL)374-C/374/2025/65
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 24 ނޮވެންބަރު 2025 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ވޭންއެއް ހޯދުމާއިގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

އިއުލާން

 

 

 

 

ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ވޭންއެއް ހޯދުމާއިގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ވޭންއެއް ގެނައުމާއި ކައުންސިލް އިދާރާއިން ދައްކާ ތަނެއްގައި ބޭއްވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު : (IUL)374-C/374/2025/61 (9 އޮކުޓޫބަރު 2025 ) ގެ އިއުލާނާއި ގުޅިގެން ހުށަހަލާފައިހުރި އަންދާސީ ހިސާބުތަކުގެ އަގުތައް މިއިދާރާއިން އަންޒާޒާކުރި އަގުތަކަށްވުރެ ބޮޑުވެފައިވާތީ ހަވާލާދީފައިވާ އިއުލާން ބާތިލް ކުރުމަށް ފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

މިމަސައްކަތާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކުޕޭޖުގެ  އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2025 ނޮވެންބަރު 16 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ނޮވެންބަރު 24  ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. ބިޑްހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ވޭންއެއް ހޯދުމާއިގުޅޭ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ނޮވެންބަރު 2025 

13 ނޮވެންބަރު 2025