ދިވެހިރާއްޖެ
ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން، ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން 18 އަހަރުންމަތީގެ ދެ ޖިންސްގެ ބޭފުޅުންނަށް އަމާޒުކޮއްގެން ބާރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 22 ނޮވެމްބަރ 2025 އިން 23 ޑިސެމްބަރ 2025 ގެ ނިޔަލަށެވެ.
މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވާ ބޭފުޅުންގެ ތެރެއިން ވަނަ ވަނަ އަށް ހޮވޭފަރާތްތަކަށް ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން :
1 ވަނަ އަށްދާ ފަރާތަކަށް -/2000 ( ދެހާސް ރުފިޔާ).
2 ވަނަ އަށްދާ ފަރާތަކަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ).
3 ވަނަ އަށްދާ ފަރާތަކަށް -/1000 (އެއްހާސް ރުފިޔާ)
އެހެންކަމުން، މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވެމަށް ބޭނުންވާ ފަރާތްތަކުން 2025 ނޮވެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމު ނުވަތަ ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:00އަށް މިކައުންސިލް އިދާރާއިންނެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ ކޮމިޓީގެ ރައީސާގެ ފޯނު ނަންބަރާއި (7836117 ) ގުޅުއްވުން އެދެމެވެ.
ގޫގުލް ފޯމްގެ ލިންކް: https://forms.gle/apzEVndeei3jQacc7
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާންކުރީމެވެ.