ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290/290/2025/74
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 ނޮވެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެޓެރަންސް ޗެލެންޖް 2025 ގައި ބައިވެރިވުމަށް ހުޅުވާލުން

  މާފަރު ކައުންސިލާއި ކުޅިވަރު ކޮމެޓީ ގުޅިގެން ބާއްވާ ވެޓެރަންސް ޗެލެންޖް 2025 ގައި ބައިވެރިވުމަށް ހުޅުވާލަމެވެ. ވެޓަރެންސް ޗެލެންޖް 2025 އަކީ މާފަރުގައި ދިރިއުޅޭ 35 އަހަރުން މަތީގެ ފިރިހެނުންނަށް ޚާއްސަކޮށްގެން މާފަރު ކައުންސިލްގެ ފަރާތުން ބާއްވާ 6އަސައިޑް  ފުޓްބޯޅަ މުބާރާތެކެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ 2025 ގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އަދި ސޯޝަލް މީޑިޔާ  ޕޭޖްގެ ލިންކް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މުބާރާތުގެ އޮފިޝަލް ސޯޝަލް މިޑިޔާ ޕޭޖްގައި ހިއްސާކުރެވެމުންދާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6560005 ނުވަތަ 9883511 އަށް ގުޅުއްވުން އެދެމެވެ.                        

13 ނޮވެންބަރު 2025