ދިވެހިރާއްޖެ
އިޢުލާން
މާފަރު ކުޑަކުދިންގެ ޕާކް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތަށް ނ. މާފަރު ކުޑަކުދީންގެ ޕާކުގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 17 ނޮވެންބަރު 2025 ވާ (ހޯމަ) ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޝެޝަން ކުރިއަށް ގެންދިއުން އޮންނާނީ 17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 13:30 ގައި މާފަރު ކައުންސިލް އިދާރާގައެވެ.
ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ ކައުންސިލްގެ މެއިލް އެޑްރެސް[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓާއި، މަޢުލޫމާތު ކަރުދާސް އަދި ކުރެހުންތައް ފޯރުކޮށްދެވޭނެއެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
|
ރަޖިސްޓަރ ވުމުގެ ސުންގަޑި |
17 ނޮވެންބަރު 2025 (ހޯމަ) |
12:00 |
|
ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުން |
17 ނޮވެންބަރު 2025 (ހޯމަ) |
13:30 |
|
އަންދާސީ ހިސާބު ހުށަހެޅުން |
25 ނޮވެންބަރު 2025 (އަންގާރަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މާފަރު ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދަނބުހިނގުން ނ. މާފަރު ކައުންސިލްގެ ދިވެހިރާއްޖެ.
ފޯން: 6560055
އީ-މެއިލް[email protected]
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.