ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2025/64
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 30 ޑިސެންބަރު 2025 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ތަރި ޤުރުޢާން މުބާރާތް 1447ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި ކައުންސިލުން އިންތިޒާމުކޮށްގެން މިހިނގާ 1447ވަނަ އަހަރު ރަމަޟާން މަހުގައި "ނިލަންދޫ ތަރި" ޤްރުއާން މުބާރާތުގެ ނަމުގައި ޤްރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ނިންމާފައިވާގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

މުބާރާތް ހުޅުވާލާފައިވާ ޢުމުރުފުރާ

2026 ޖަނަވަރީ 01 ވަނަ ދުވަހުގެ ނިޔަލަށް ޢުމުރުން 12 އަހަރު ފުރިފައިވާ ފ. ނިލަންދޫގެ ރަށްވެހީން.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު

  • ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ ކާމިޔާބީއެއް ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

    މުބާރާތް ހުޅުވާލާފައިވާ ޢުމުރުފުރާ

    2026 ޖަނަވަރީ 01 ވަނަ ދުވަހުގެ ނިޔަލަށް ޢުމުރުން 12 އަހަރު ފުރިފައިވާ ފ. ނިލަންދޫގެ ރަށްވެހީން.

     

    މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު

    • ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ ކާމިޔާބީއެއް ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
    • ޓީ.ވީ.އެމް އިން ގެނެސްދިން ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ނުވަތަ މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން ކުރިޔަށް ގެންދިޔަ ދިވެހިރާއްޖޭގެ ރަންތާޖު ޤްރުޢާން މުބާރާތުގައި ގަދަ 03 ގައި ހިމެނިފައިވާ ފަރާތެއްނަމަ:

    1 ވަނަ ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން

    2 ވަނަ ލިބުނުތާ 5 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން

    3 ވަނަ ލިބުނުތާ 3 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން

     

    • ނިލަންދޫ ތަރި ޤުރްއާން މުބާރާތުގައި 1 ވަނަ ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.

     

    މުބާރާތުގައި އިންސާފުކުރެވޭ ބައިތައް

    • ކީރިތި ޤްރުއާން ތިލާވާކުރުން.
    • ކީރިތި ޤްރުއާން ޙިފްޡްކޮށް ކިޔެވުން.
    • ޢުލޫމުލް ޤުރުއާން.
    • ތަޖްވީދުގެ ބައިތައް.

      މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި ދިނުމަށް ނިންމާފައިވާ އިނާމްތައް

       

      • މުބާރާތުގެ 01 ވަނަ "ނިލަންދޫ ތަރި" އަށް -/18,000 (އަށާރަހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ ، ސޭޝް އަދި ރަންތާޖް.
      • މުބާރާތުގެ 02 ވަނަ "ނިލަންދޫ ތަރި" އަށް -/10,000 (ދިހަހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ އަދި ސޭޝް.
      • މުބާރާތުގެ 03 ވަނަ "ނިލަންދޫ ތަރި" އަށް -/8,000 (އަންހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ އަދި ސޭޝް.
      • މުބާރާތުގެ އޮޑިޝަނުން ހޮވޭ 15 ބައިވެރިންގެ ތެރެއިން މުބާރާތުގެ ގަދަ 03 ގައި ވާދަކުރާ 03 ބައިވެރިން ފިޔަވައި ކޮންމެ ބައިވެރިއަކަށްދޭ -/1,500 (އެއްހާސް ފައްސަތޭކަ) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ.

        ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން،  2025 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 14:00 އަށެވެ. މުބާރާތުގެ ޤަވާޢިދު އަދި ބައިވެރިވުމަށް އެދޭފޯމް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

         

         13 ނޮވެންބަރު 2025

13 ނޮވެންބަރު 2025