ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/136
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 10 ނޮވެންބަރު 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޖަރނަލިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޖަރނަލިސްޓް ގްރޭޑް 1

މުސާރަ

މަހަކު -/6900 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3000

މަޤާމުގެ ރޭންކް

TP 5

ބޭނުންވާ އަދަދު

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

މަޤާމާއި ގުޅޭ  ދާއިރާއިން   ޑިޕޮލޮމާއެއް  އޮތުން،  ނުވަތަ  ޖީސީއީ  އޭލެވެލް  އިމްތިޙާނުން މަދުވެގެން 4 މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުން 6 މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނަށާއި، ސިޔާސަތުތަކަށާއި، ކޯޕަރޭޝަނުން މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެނބުން.   
  2. ރޭޑިއޯއާއި،  ޓީވީއާއި،  އޮންލައިނާއި،  ނިއު މީޑިއާގެ  އެކިއެކި  ޕްލެޓްފޯމްތަކަށް  ޚަބަރާއި ރިޕޯޓްހަދައި ހުށަހެޅުމާއި،  ވީޑިއޯ/އޯޑިއޯ/ފޮޓޯ  އަދި  ބޭނުންކުރާ  އެހެނިހެން  މެޓީރިއަލް  އެޑިޓްކުރުމާއި، އެ މަސައްކަތުގައި އެހީތެރިވެދިނުން.
  3. އޮންކެމެރާ ސްޓޭންޑަޕްސް ހެދުން، އިވެންޓްތައް ރޭޑިއޯއަށާއި ޓީވީއަށް ލައިވްކުރުން.
  4. ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް އުފައްދައި ހުށަހަޅާދިނުން ނުވަތަ މިކަންކަން ކުރުމަށް އެހީތެރިވެދިނުން.
  5. ނިއުސް ޑޮކިއުމެންޓްރީ އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވެދިނުން.
  6. ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުވައިދޭ ޚަބަރާއި މަޢުލޫމާތު އެންމެ ހަލުވިކޮށް އެންމެ އަވަސްމިނުގައި ގެނެސްދިނުމާއި، އެ ގެނެސްދޭ ކޮންޓެންޓަކީ (ވީޑިއޯ/އޯޑިއޯ/ޓެކްސްޓް އަދި އެހެނިހެން ވަސީލަތްތައް) އޯޑިއަންސް ހިތްހަމަޖެހޭފަދަ ކޮލިޓީއެއް ހުރި އެއްޗެއްސަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުން.
  7. ރޭޑިއޯއާއި ޓީވީން ޚަބަރު ޕްރެޒެންޓްކުރުން.
  8. އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން. 
  9. ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުން ނުވަތަ އެހީތެރިވެދިނުން.
  10. ނިއުސްވަރދީ އިވެންޓްތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިއުސް ފޯރަމަށް ޚަބަރު ޕްރޮސްޕެކްޓްސް ލުން.
  11. މީގެ އިތުރުން، އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ޙާލަތަކާ ގުޅިގެން ނުވަތަ ޚާއްޞަ ޙާލަތްތަކާ ގުޅިގެން ނިއުސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަންކަން ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ނޮވެންބަރު 10 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015