މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/360
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 20 ނޮވެންބަރު 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމް ޞިއްޙީ މަރުކަޒު އަޕްގްރޭޑިންގ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އެމެންޑްމެންޓް -1

                               އެމެންޑްމަންޓް -1

ހދ.ނޮޅިވަރަމް ޞިއްޙީ މަރުކަޒު އަޕްގްރޭޑިންގ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު(IUL)23-PD(PMS)/23/2025/358  (10 ނޮވެމްބަރ 2025) އިޢުލާނާއި  ހަވާލާދީ ދަންނަވަމެވެ.

ހދ.ނޮޅިވަރަމް ޞިއްޙީ މަރުކަޒު އަޕްގްރޭޑިންގ އިމާރާތުގެ މަސައްކަތްތާއި ގުޅޭ އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވަނީ ހދ.ނޮޅިވަރަމްފަރު ޞިއްޙީ މަރުކަޒުގެ ބީ.އޯ.ކިއު އަދި ކުރެހުންތައް ކަމަށްވުމާއެކު މިއިޢުލާނާއެކު ހދ.ނޮޅިވަރަމް ޞިއްޙީ މަރުކަޒު އަޕްގްރޭޑިންގ އިމާރާތުގެ މަސައްކަތުގެ ބީ.އޯ.ކިއު އަދި ކުރެހުންތައް އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުވަންވާނީ މިއިޢުލާނާއެކު އެއްކަރުދާކުރެވިފައިވާ ބީ.އޯ.ކިއު އާއެއްގޮތަށެވެ. މިނޫން ގޮތަކަށް ބީ.އޯ.ކިއު ހުށަހަޅުއްވާފައިނުވާނަމަ އެފަރާތެއްގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

                            21 ޖުމާދަލްއޫލާ  1446

12 ނޮވެންބަރު 2025