|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
މެނޭޖިންގ ޑިރެކްޓރަސް ބިއުރޯ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުނ
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މެނޭޖިންގ ޑިރެކްޓަރގެ ދުވަހުގެ ޝެޑިއުލް ތައްޔާރުކޮށް، ބައްދަލުވުންތައް މެނޭޖިންގ ޑިރެކްޓަރ އެދިލައްވާ ގޮތުގެމަތިން ޑިޕާޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރުން.
- މެނޭޖިންގ ޑިރެކްޓަރއާއި ބައްދަލުކުރެއްވުމަށް އެދޭ އެޕޮއިންޓްމަންޓްތައް މެނޭޖިންގ ޑިރެކްޓަރ އެދިލައްވާ ގޮތުގެމަތިން ހަމަޖެއްސުން.
- މެނޭޖިންގ ޑިރެކްޓަރގެ ދަތުރުތައް ދެއްވާ އިރުޝާދުގެ ދަށުން ރާވާ އިންތިޒާމްކޮށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުން.
- މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުން، ރަސްމިއްޔާތު އަދި ޖަލްސާތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ޔައުމިއްޔާކުރުން.
- މެނޭޖިންގ ޑިރެކްޓަރގެ ޕާރސަނަލް ސެކްރެޓަރީގެ ޒިންމާގެދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
|
21 ޖުމާދަލްއޫލާ 1447
12 ނޮވެންބަރު 2025
|