މުބާރާތް
ނަންބަރު: (IUL)160-AS/1/2025/179
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 18 ނޮވެންބަރު 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
32 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން"

                         6 ޑިސެމްބަރު 2025 އިން 10 ޑިސެމްބަރު 2025ގެ ނިޔަލަށް މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ "32 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.

ބައިވެރިވުމުގެ ޝަރުޠުތައް:

   ސެކްޝަން 1: ތަޖުވީދުގެ ހަމަތަކާއެކު ޙަފްޞް ޢަން ޢާޞިމް ރިވާޔަތަށް ކީރިތި ޤުރްއާން ނުބަލާ ކިޔެވުން.

1-      ދިވެހި ރައްޔިތަކަށްވުން.

2-      އިމާމެއް، ދީނީ ޢިލްމުވެރިޔެއް، އެއްވެސް މުއައްސާއެއްގައި ޤުރްއާން އުނގަންނައިދޭ ނުވަތަ ޤުރްއާން އުނގަންނައިދިނުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ނުވުން.

3-      22 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޢުމުރުން 35 އަހަރު ފުރިފައިނުވާ މީހަކަށްވުން.

4-      ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން.

5-      ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުން.

ސެކްޝަން 2: ތަޖުވީދުގެ ހަމަތަކާއެކު ޙަފްޞް ޢަން ޢާޞިމް ރިވާޔަތަށް ކީރިތި ޤުރްއާން ނުބަލާ ކިޔެވުން –     ޢަރަބިބަހުން ވާހަކަދައްކަން ނޭނގޭ ފަރާތްތައް

1-      ދިވެހި ރައްޔިތަކަށްވުން.

2-      ޢަރަބިބަސް ނޭނގޭ ފަރާތަކަށްވުން

3-      22 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޢުމުރުން 30 އަހަރު ފުރިފައިނުވާ މީހަކަށްވުން.

4-      ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން.

5-      ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުން.

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

 

1-      މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތަކީ މީގެ ކުރިން "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" ގައި ބައިވެރިވެ ވަނައެއް ޙާޞިލްކޮށް ފައިސާގެ އިނާމު ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

2-      މުބާރާތުގައި ބައިވެރިކުރުމަށް ދިވެހިރާއްޖެއަށް ފުރުސަތު ލިބިފައިވަނީ ކޮންމެ ކެޓަގަރީއަކުން އެންމެ ބައިވެރިއެކެވެ.

3-      މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

4-      މިޞްރަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް އިންތިޒާމް ކުރާ ފަރާތުން، ހަމައެކަނި މުބާރާތުގައި ބައިވެރިވާ ފަރާތަށް ހަމަޖައްސަވައި ދެއްވާނެއެވެ.

     މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 18 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން https://forms.gle/7FM4dqJc2vQGpjzy7   (ގޫގުލް ފޯމް) ފުރިހަމަ ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

1-      ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ސާފު ކުލަ ކޮޕީ

2-      ވަނަވަރު (ސީވީ) – އިނގިރޭސި ބަހުން.

3-      ނެގިތާ 3 މަސްހަމަނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް (ސޮފްޓް ކޮޕީ ޖޭޕީޖީ ފޯމެޓުގައި – ޕާސްޕޯޓުގައި ޖެހުމަށް ނަގާ ސްޓޭންޑަރޑް ގައި ނަގާފައިވާ ފޮޓޯއަކަށް ވާންވާނެއެވެ.)

4-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ.

5-      ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ.

12 ނޮވެންބަރު 2025