ބީލަން
ނަންބަރު: (IUL)232-PR/232/2025/20
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 23:24
ސުންގަޑި: 18 ނޮވެންބަރު 2025 10:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ ކާފު ފޯރަމް 2025 ގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަންސްއާއި އެއްގޮތްވާގޮތުގެ މަތީން މާލެއަތޮޅު އަތޮޅު ކައުންސިލްގެ "ކާފު ފޯރަމް 2025" ގެ ފަރިއްކޮޅުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް މިއިއުލާނާއިއެކު  އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި: 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން.
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ. 
  • މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ހެށަހެޅުމާއި ބީލަން ކެނޑުން

  • ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން: 19 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ކ. ތުލުސްދޫ ގައެވެ.
  • ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

10 ނޮވެންބަރު 2025