ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)315-PROC/315/2025/157
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:53
ސުންގަޑި: 13 ނޮވެންބަރު 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވާލުން:

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލް އިދާރާގެ މަޝްރޫޢުގެ ދަށުން، މިރަށުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށު ކައުންސިލްގެ އިދާރާގެ މަސައްކަތް ރަށު ފެންވަރުގައި މޮނިޓަރކުރުމުގެ މަޤްސަދުގައި، ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ" އެއް އެކުލަވާލަންބޭނުންވެއެވެ. ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލުގެ 5 ވަނަ ނުކުތާގައި ރަށު މޮނިޓަރިންގ ކޮމިޓީ އެކުލެވިގެންވާގޮތުގެ މަތިން، ތިރީގައިވާ ބައިތަކުގެ ތެރެއިން ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެންބަރ 2025 ގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ.

 

5 (ރ) ރަށުގެ ޢާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު

  (ބ) ކްލަބް ނުވަތަ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރު

  (ޅ) އިސްރައްވެހީންގެ ތެރެއިން ކަނޑައަޅާ މެންބަރު

  (ކ) ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރު

  (އ) މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްސަކޮށް ކަނޑައަޅާ މެންބަރު

ލިންކް: https://forms.gle/xJW7JrgdDxUwcb6N7

 

 ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު މިއިއުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ.

10 ނޮވެންބަރު 2025