ބީލަން
ނަންބަރު: (IUL)28-FA-1/1/2025/313
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 20 ނޮވެންބަރު 2025 10:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޖަނަރޭޓަރެއްް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުބޭނުންވެއްޖެ.

ޖަނަރޭޓަރެއްް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން، ކުރި މި ވުޒާރަގެ ނަންބަރު (IUL)28-FA-1/1/2025/267 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ޓެކްނިކަލް އިވެލުއޭޝަނުން ފެއިލް ވާތީ، އެ އަންދާސީހިސާބުތައް ބާތިލްކުރުމަށްފަހު، އައު ޓެކްނިކަލް ސްޕެސިފިކޭޝަނަކާއި އެކު އަލުން އިޢުލާންކުރީމެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 20 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 10:30 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 600.00ރ (ހަ ސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކުރެއްވުމަށް: 9772601
10 ނޮވެންބަރު 2025