މަސައްކަތް
ނަންބަރު: (IUL)260-CA/260/2025/155
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 18 ނޮވެންބަރު 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ސްކޭޓް ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހދ.ނައިވާދޫ ސްކޭޓް ޕާކު ތަރައްޤީކުރާނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.  

            ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

18 ނޮވެމްބަރު 2025 ، އަންގާރަ

10:00

ޕްރީ ބިޑް މީޓިންގ:

16 ނޮވެމްބަރު 2025 ، އާދިއްތަ

13:00

ބީލަންތައް ހުށަހެޅުމާއި ހުޅުވުން

20 ނޮވެމްބަރު 2025، ބުރާސްފަތި

13:00

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520636 އަށެވެ.

 

  • ބިޑް ރަޖިސްޓްރީކުރާ ފޯމް:https://forms.office.com/r/KR2uMhbfa2
  • ހދ.ނައިވާދޫ ސްކޭޓް ޕާކު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

              އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ސްކޭޓް ޕާކު ތަރައްޤީކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

10 ނޮވެންބަރު 2025