ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)246/246/2025/67
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 20 ނޮވެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮމަޑޭޝަން ބުލޮކް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް

އިޢުލާން

                                                                                                                                               ނަންބަރު: (IUL)246/246/2025/67

 

ރުއްގަހުގެ ވެރިފަރާތެއްވޭތޯ ބެލުމަށް

ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކް އެޅުމަށްޓަކައި މިރަށު ހިތިލާގޭގެ ހުޅަނގުން ކަނޑައެޅިފައިވާ ސަރަޙައްދުގައި މި އިދާރާއިން

( A-01  އިން A-22 )  އަށް ނަންބަރު ޖަހާފައިވާ ރުއްހަގުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް އަދި ގަހެއް ހުރިނަމަ، 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ލިޔުމުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. (ހުށަހަޅަން ޖެހޭ ލިޔުމުގެ ނަމޫނާ މިއިދާރާއިން ލިބެން ހުންނާނެއެވެ.)

ހުށަހެޅުންތައް ބަލައިގަތުން އޮންނާނީ 13 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 ށް މި އިދާރާގައެވެ.

ދަންނަވާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ލިޔުމުން ހުށަހަޅަފައިވާ، ރުއްގަހުގެ ބަދަލުގެ ކަންތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ހަމަޖައްސައި ނައްތާލަން ޖެހޭ ރުއްގަސް ނައްތާލެވޭނެއެވެ. އަދި މިސަރަހައްދުގައި މިއިދާރާއިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ތެރޭގައި ދަންނަވާފައިވާ ތާރީޚްގައި ލިޔުމުން ހުށަހަޅާފައިނުވާ ރުއްގަހުގެ ވެރިފަރާތެއް ނެތްކަމަށްބަލައި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުމާދުއްޢޫލާ 1447

  

10 ނޮވެންބަރު 2025