ދިވެހިރާއްޖެ
ތިރީގައި ފާހަގަ ކުރެވިފައިވާ ރުއްތަކުގެ ސަބަބުން އެސަރަޙައްދު ތަކުގައިހުރި ގެ ތަކާއި، މުވައްސަސާތަކަށް ގެއްލުންތަކެއް ކުރިމަތިވަމުންދާތީއާއި، ބައެއްފަހަރު ވައިގަދަވެ ރުއް ވެޓުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައިވާތީ، ފާހަގަ ކުރެވިފައިވާ ރުއްތައް ކެނޑުމަށްޓަކައި، ބަދަލު ދިނުމަށް ރުއްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ. ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ހުންނާނީ މި އިދާރާއިން ރީދޫ ކުލައިގެ ދަވާދުން ރަސްގެ އަޅައި ނަންބަރުޖަހާފައެވެ.
|
ރުއް ހުރި ސަރަޙައްދު |
ޖަހާފައިވާ ނަންބަރު |
|
ރީދޫކުލަ 1،2،3،4،5،6،7،8،9،10،11 |
ވީމާ، މި ރުއްތަކުގެ ވެރިފަރާތެއްވާނަމަ އެއީ ކޮން ރުކެއްކަން އެނގޭގޮތަށް ރުކުގައި ނަންލުމަށްފަހު، އެރުކެއްގެ ނަންބަރު އެނގޭގޮތައް ސިޓީއަކުން ނުވަތަ ކައުންސިލަށް ދުރުވެ އެ މަޢުލޫމާތު 13 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. ދެންނެވުނު ރުއްތަކުގެ ވެރިން ހޯދުމަށް މި އިދާރާގެ ނަންބަރު (IUL)384/384/2025/61 (12 އޮކްޓޯބަރު 2025) ދުވަހު ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދެއްވާފައި ނުވެއެވެ. މި މުއްދަތުގައި މަޢުލޫމާތު ލިބިފައިނުވާނަމަ ބަދަލް ނުދެވޭނެއެވެ. އެއަށް ފަހު ވެރިޔަކު ނެތް ކަމަށް ބަލައި ރުއް ކެނޑުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.