ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2025/226
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 13 ނޮވެންބަރު 2025 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ޤްރުއާން އަދި މަދަޙަ މުބާރާތް 1447 ގައި ބައިވެރިވުމަށް ހުޅުވާލުން

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤްރުއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލަމެވެ.

ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.  ކޮންމެ ގޮތްޕެއްގައި ވެސް  6 ޢުމުރުފުރާ ހިމެނޭނެއެވެ. އެއީ  6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި،  19އަހަރުންދަށެވެ. ޢުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ، 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ.  (މި ޢުމުރުފުރާގެ ދަރިވަރުންނަށް ޚަތިމުން، ބޭނުން ކޮންމެ ތަނެއް، 5-7 ފޮޅުވަތުގެ މިންވަރަށް ކިޔެވޭނެއެވެ.)  އެ ނޫން  ކޮންމެ ޢުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮތްޕަކުން، 1 ވަނަ، 2 ވަނަ، 3 ވަނަ، 4 ވަނަ، 5 ވަނަ، ހޮވާނެއެވެ. ޤްރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ޢުމުރުފުރާގެ، އެއް ގޮފީގައެވެ.

މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން:

1 ވަނަ -/10000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް

3 ވަނަ -/5000ރ، ޕްލާކާއި  ސެޓްފިކެޓް

4 ވަނަ. -/3000ރ، ސެޓްފިކެޓް

5 ވަނަ. -/2000ރ، ސެޓްފިކެޓް

މުބާރާތުގެ ސީނިއަރ ގްރޫޕާއި ޖޫނިއަރ ގްރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:

1 ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ -/10000ރ، ޕްލާކާއި ސެޓްފިކެޓް

3 ވަނަ -/7000ރ، ޕްލާކާއި  ސެޓްފިކެޓް

4 ވަނަ -/5000ރ، ސެޓްފިކެޓް

5 ވަނަ -/3000ރ، ސެޓްފިކެޓް

 މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:

1 ވަނަ -/50000ރ ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3. ވަނަ  -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

4. ވަނަ  -/7000ރ،  ޕްލާކާއި ސެޓްފިކެޓް

5. ވަނަ  -/5000ރ،ޕްލާކާއި ސެޓްފިކެޓް

މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް، 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް، ދަރިވަރަށް ފުރޭ އަހަރަށެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ.  އެ ނޫން  ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި މުޅި މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ 4 ވަނަ،  5 ވަނަ، ހޮވޭނެއެވެ.

 މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން:

1 ވަނަ -/10000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް

3 ވަނަ -/5000ރ، ޕްލާކާއި  ސެޓްފިކެޓް

4 ވަނަ. -/3000ރ، ސެޓްފިކެޓް

5 ވަނަ. -/2000ރ، ސެޓްފިކެޓް 

މުބާރާތުގެ ސީނިއަރ ގްރޫޕާއި ޖޫނިއަރ ގްރޫޕުން:

1 ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ -/10000ރ، ޕްލާކާއި ސެޓްފިކެޓް

3 ވަނަ -/7000ރ، ޕްލާކާއި  ސެޓްފިކެޓް

4 ވަނަ -/5000ރ، ސެޓްފިކެޓް

5 ވަނަ  -/3000ރ، ސެޓްފިކެޓް

މުބާރާތުގެ ދެ ގްރޫޕު އެއްކޮށް، މުޅި މުބާރާތުން:

1 ވަނަ -/50000ރ ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3. ވަނަ  -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

4. ވަނަ  -/7000ރ، ޕްލާކާއި ސެޓްފިކެޓް

5. ވަނަ  -/5000ރ، ޕްލާކާއި ސެޓްފިކެޓް

މި ދެ މުބާރާތުގެ ޖޫނިއަރ ގްރޫޕް ކަމުގައި ބަލާނީ، 9 އަހަރުންދަށާއި، 11 އަހަރުންދަށުގެ ޢުމުރުފުރާއެވެ. ސީނިއަރ ގްރޫޕް ކަމުގައި ބަލާނީ، 13 އަހަރުންދަށާއި، 16 އަހަރުންދަށާއި، 19 އަހަރުން ދަށެވެ.

މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް  https://participate.malecity.gov.mv/ މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ދެ މުބާރާތުގެ އުޞޫލުތަކާއި މުޤައްރަރު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ޤްރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ކިޔަވަންޖެހޭނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މުޤައްރަރަށެވެ.

ވަރަށް ގިނަ ބެލެނިވެރިންގެ އެދުމުގެ މަތިން، މި ދެ މުބާރާތުގައި ބައިވަރި ވުމުގެ މުއްދަތު މިހާރު މި ވަނީ އިތުރުކޮށްފައެވެ.

މިހާރު  މި ދެ  މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ، 13 ނޮވެމްބަރ 2025 ވާ ބުރާސްފަތި   ދުވަހުގެ  14.00 އަށެވެ.

މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވާނަމަ، މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުއްވުންއެދެމެވެ.

ވީމާ، މި ކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ނޮވެންބަރު 2025