ދިވެހިރާއްޖެ
ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓްގެ ވޯރކްވޭ އަދި މެއިން ގޭޓް މަރާމާތު މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2025 ނޮވެމްބަރ 09 ން 2025 ނޮވެމްބަރ 18 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250ރ ( ދުވިސައްތަ ފަންސާސް ރުފިޔާ ) ބިޑް ހުށަހަޅުއްވާނީ 2025 ނޮވެމްބަރ 20 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 ނޮވެމްބަރ 19 ވާ ބުދަ ވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. މަޢުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 10 ޖުމާދަލްއޫލާ 1446