ބީލަން
ނަންބަރު: (IUL)GS-01/GS-01/2025/45
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 17 ނޮވެންބަރު 2025 14:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އިލެކްޓްރިކް ޕެނަލް ބޯޑެއް ހޯދުން

އިލެކްޓްރިކް ޕެނަލް ބޯޑެއް ހޯދުން                           ނަންބަރ: IUL/GS01/GS01/2025/45

  

މި ސްކޫލަށް އިލެކްޓްރިކް ޕެނަލް ބޯޑެއް ހަދައި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން https://shorturl.at/ZJzn3އަށް ރަޖިސްޓްރީވުމަށްފަހު، 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.  އަދި މިއިއުލާނާއެކު މައުލޫމާތު ޝީޓް އެޓޭޗްކުރެވިފައިވާނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

01-   ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

02-   ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

03-  ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

04-  މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިސްކޫލަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

05- ބީލަން ހުޅުވުން އޮންނާނީ 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:35 ގައި  މިސްކޫލުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                                                             15 ޖުމާދަލްއޫލާ 1447                   

                                                             06 ނޮވެމްބަރ 2025

06 ނޮވެންބަރު 2025