މަސައްކަތް
ނަންބަރު: (IUL)BAH-AHR/BAH/2025/92
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 13 ނޮވެންބަރު 2025 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ.އަތޮޅު ހޮސްޕިޓަލުގެ އޮފީސް އިމާރާތުގައި ރިސެޕްޝަނެއް ހެދުމާއި، އަދި ކޮންފަރެންސް ހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ބ.އަތޮޅު ހޮސްޕިޓަލުގެ އޮފީސް އިމާރާތުގައި ރިސެޕްޝަނެއް ހެދުމާއި، އަދި ކޮންފަރެންސް ހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް ބ.އަތޮޅުހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 06 ނޮވެންބަރު 2025 (ބުރާސްފަތި) ދުވަހުން ފެށިގެން 13 ނޮވެންބަރު 2025 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ ކުންފުނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ލިންކު: https://forms.gle/G2L3ydv8RzxhGrkWA

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން

މިމަސައްކަތާއި  ގުޅޭ މަޢުލޫމާތު ކަރުދާސްތަކާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ޖަދުވަލްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލްކުރެވޭނެއެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 17 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00ގައި ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ވިޔަފާރިއަކުންނަމަ ކުންފުނި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ. މިފަދަ ލިޔުމެއްނެތި މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްވާހަކަ ދެންނެވީމެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާނަމަ ބިޑް ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ.

 

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

 

ބީލަން ހުށަހެޅުން އޮންނާނީ 2025 ނޮވެންބަރު 23 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ޙާޟިރުވާއިރު ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިސޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

 

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެންބަރު 23 ވާ އާދީއްތަ ދުވަހުގެ 13:05 ގައި ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ނޮވެންބަރު 2025