ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2025/105
އިޢުލާން
ގުދަނެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަނެއް ހޯދުން
ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އިމާރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ޝަރުތު ފުރިހަމަވާ ބިޑެއް ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމަށްވެފައި އެފަރާތުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ވާތީ، IUL-SMH-Procure/ASMH/2025/85 ނަންބަރުގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް ގުދަނުގެ މިންތަކަށް ބަދަލުގެނެސް (400 އަކަފޫޓަށްވުރެ ކުޑަނޫން) ގުދަނެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚުގައި އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް 06 ނޮވެމްބަރ 2025 އިން 13 ނޮވެމްބަރ 2025 ވަނަދުވަހުގެ 00:10 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ރަސްމީގަޑީގައި ފޯމްހުށަހަޅުއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 19 ނޮވެމްބަރ 2025، 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީހިސާބް ހުށަހެޅުން: 20 ނޮވެމްބަރ 2025، 11:00 އަށް