ޢާންމު މަޢުލޫމާތު
ނަންބަރު: WDC(4)/IUL/2025/07
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:20
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ މޫދު ކަސްރަތު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ މޫދު ކަސްރަތު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް

        އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އައްޑޫ ޕޮލިސްއާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައި 15 ދުވަހުގެ މުއްދަތަކަށެވެ. އަދި މިޕްރޮގްރާމް ބޭއްވިގެންދާނީ  ނޮވެމްބަރ  މަހު ގެ ފަހުކޮޅުގައެވެ.

        ވީމާ މޫދު ކަސްރަތު ޕްރޮގްރާމް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09  ނޮވެމްބަރ 2025 ން ފެށިގެން ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، މިޕްރޮގްރާމްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރ 9336787 އަށް ގުޅުއްވުން އެދެމެވެ.  

15 ޖުމާދުލްއޫލާ 1447

06 ނޮވެމްބަރ 2025

06 ނޮވެންބަރު 2025