ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 ނޮވެންބަރު 2025 13:59 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ލޯންޗު ދަތުރުތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
ވޭމަންޑޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 23 ނޮވެންބަރު 2025 އިން 29 ނޮވެންބަރު 2025 ގައި 25 މީހުންގެ ޖާގައިގެ ލޯންޗެއްގައި ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިޚިދުމަތް ވޭމަންޑޫ ކައުންސިލަށް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected]އަށް ސީ. ސީ ކުރަންވާނެއެވެ.
|
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
06 ނޮވެންބަރު 2025 އިން 16 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 އަށް، |
|
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
18 ނޮވެންބަރު 2025 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. |
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 06 ނޮވެންބަރު 2025 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.