ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/120
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 18 ނޮވެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ލައިސަންސް، ނ. ކެނދިކުޅުދޫއިން ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

އެގްޒަމިނަރުން:

-          ބޭނުންވާ ޢަދަދު: 02 (ދޭއް)

އުޖޫރަ:

-          ވެހިކަލް އަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ)

ޝަރުތު

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފަކަށް ނުވުން.

-          ލިޔަންކިޔަން އެނގުން.

-          ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.

-          އުޅަނދު ދުއްވުމުގެ  ކެޓަގަރީ V1, V2, V3, V4, V5, V6, V7, V8, V9, C0 ނުވަތަ މަދުވެގެން V1, V7, V8, V9, C0  އޮތުން.

-          ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

-          ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ޕޯމް (ހެވީ ވެހިކަލް ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ އެގްޒަމިނަރަކަށްވުމަށް އެދޭ ފޯމް)

-          ޑްރައިވިންގ ލައިސަންސްގެ ކޮޕީ

-          ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)

-          އައި.ޑީ ކާޑުގެ ކޮޕީ

 

ވުމާއެކު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. އެގްޒަމިނަރަކު އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15    ޖުމާދަލްޢޫލާ    1447

06    ނޮވެމްބަރ       2025  

06 ނޮވެންބަރު 2025