ނީލަން
ނަންބަރު: (IUL)14-A4/1/2025/121
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 17 ނޮވެންބަރު 2025 10:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 03 އިންޖީނު ނީލަމުގައި ވިއްކުމާބެހޭ

    މިއޮފީހުގެ ހދ.ކުޅުދުއްފުށީ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 03 އިންޖީނު ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 17 ނޮވެންބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ހދ.ކުޅުދުއްފުށީ ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

    ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

    ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.

    ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 17 ނޮވެންބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ހދ.ކުޅުދުއްފުށީ ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ނޮވެންބަރު 2025