ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 06 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހު ހަވީރު 16:00 އިން ފެށިގެން 22 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 1
މެރިޓް އުސޫލުން (ކުރިން ލިބިފައިވާ ތަޢުލީމީ ނަތީޖާތަކަށް ޕޮއިންޓް ދީގެން)ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ލިސްޓް:
- ބެޗްލަރ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން - ކ. މާލެ
- ބެޗްލަރ އޮފް ސައިކޮލޮޖީ - ކ. މާލެ
- ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް - ކ. މާލެ
- މާސްޓަރ އޮފް ސައިންސް އިން ސައިކޮލޮޖީ (ކްލިނިކަލް) - ކ. މާލެ
- ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިންގ - ކ. މާލެ
- އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ - ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ، ރ. އުނގޫފާރު އައުޓްރީޗް ސެންޓަރު.
- ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން އޭ) - ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ.
- ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ބީ) - ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ.
13 ޖުމާދަލްއޫލާ 1447