ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2025/169
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 12 ނޮވެންބަރު 2025 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ، ޕަބްލިކް ސަރވިސް ރޭންކް 9 (ދާއިމީ)

ވަޒީފާގެ ފުރުޞަތު

މަޤާމު، ރޭންކް އަދި ބާވަތް:

ސީނިއަރ ލެކްޗަރަރ، ޕަބްލިކް ސަރވިސް ރޭންކް 9 (ދާއިމީ)

ބޭނުންވާ އަދަދު: 1

މަސައްކަތްކުރަން ޖެހޭ ތަން:

ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިއުކޭޝަން / ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މާލޭ ކެންޕަސް)

މަޤާމުގެ ޝަރުޠުތައް:

ސީނިއަރ ލެކްޗަރަރ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 އަދި ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދު ހާސިލްކޮށްފައިވުން. އަދި، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. އަދި އެކަޑެމިކް އުފެއްދުންތެރިކަން ލިބިފައިވާކަމަށް ޔުނިވަރސިޓީން ކަނޑައަޅާ މިންގަނޑު ހާސިލުވެފައިވުން. (މި މިންގަނޑު އިއުލާނާއެކު، އެޓޭޗްކުރެވިފައިވާނެއެވެ.)

މަޤާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއި އެލަވަންސްތައް:

ސީނިއަރ ލެކްޗަރަރ

އަސާސީ މުސާރަ: 18,503.00 ރުފިޔާ

މަޤާމުގެ އެލަވަންސް: 10,597.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 287/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ތަޢުލީމީ ރޮނގުތައް އަދި މަސައްކަތުގެ ދާއިރާތައް:

އެޑިއުކޭޝަން / ޓީޗިންގ / ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް / ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް / އިނގިރޭސި ބަސް /ކޮންޓިނިއުއިންގް އެޑިޔުކޭޝަން

މަތީ ތަޢުލީމުގެ ދާއިރާގައި ކިޔަވައިދިނުމުގެ މަސައްކަތު ތަޖުރިބާ، ތަފާތު ދާއިރާތަކުގައި އުނގަންނައި ދިނުމާއި ކިޔަވައިދިނުމުގެ ތަޖުރިބާ، ކިޔަވައިދޭ ދާއިރާއާގުޅޭ ސިނާއާތުގައި ޙާޞިލުކޮށްފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ދާއިރާއެއްގައި ޕްރެކްޓިސްކޮށް ލިބިފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ގޮތުން ދިރާސާކުރުމާއި ޕަބްލިކޭޝަންގެ މަސައްކަތުގެ ތަޖުރިބާ

 

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއ، ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވަރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން
  2. ކިޔަވައިދޭ މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން
  3. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން
  4. އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން
  5. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން
  6. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
  7. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން
  8. ދަރިވަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުން
  9. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން
  10. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން
  11. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން
  12. ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން
  13. އެކި ދާއިރާތަކުގައި މަސައްކަތްކުރަ މުވައްޒަފުންގެ ވަޒީފާ ދެމެހެއްޓުމަށާއި ނުވަތަ ވަޒީފާގައި ބޭނުންވާ ހުނަރުތައް އިތުރަށް ރަނގަޅުކުރުމަށް އެ މުވައްޒަފުން އެދޭ ވަކިވަކި ބޭނުންތައް ހާސިލުކުރެވޭނެފަދަ ތަފާތު ޕްރޮގްރާމްތައް ތަރައްޤީކުރުން
  14. ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާނެ ގޮތުގެ އިރުޝާދުތަކާއި އަދި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރުކުރުން ނުވަތަ ހޯދުން
  15. ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް ނުވަތަ ކޮންޓިނިއުއިން އެޑިއުކޭޝަން ޕްރޮގްރާމްތަކުގެ ގޮތުގައި ހިންގޭ ހަރަކާތްތަކާއި، ހާޒިރީތަކާއި، އިމްތިޙާނުތަކާއި ފެންވަރު ވަޒަންކުރުމަށް ދެވޭ މަސައްކަތްތަކުގެ ނަތީޖާތަކާއި އަދި (retraining requirements) ގެ ރިކޯޑުތައް ބެލެހެއްޓުން
  16. ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް ނުވަތަ ކޮންޓިނިއުއިން އެޑިއުކޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މުދައްރިބުން ތައްޔާރުކުރާ ވަސީލައްތައް ބަލައި ޗެކްކުރުން
  17. އެސެސްމަންޓްތަކާއި، ސަރވޭތަކާއި އަދި ފީޑްބެކް މެދުވެރިކޮށް ޕްރޮގްރާމްތަކުގެ ކާމިޔާބުކަން ދެނެގަތުން އަދި އެކަމުގެ މައްޗަށް ރިޕޯޓު ތައްޔާރުކުރުން
  18. ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް ނުވަތަ ކޮންޓިނިއުއިން އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ގޮތްތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިވުން
  19. ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް ނުވަތަ ކޮންޓިނިއުއިން އެޑިއުކޭޝަން ޕްރޮގްރާމްތަކަށް މުދައްރިބުން ހޯދުމާއި، އެފަރާތްތަކުގެ މަސައްކަތްތައް ވަޒަންކުރުމަށްފަހު އެ ކަންތައްތައް ޑީނަށް އެންގުން
  20. ދަރިވަރުންގެ ކަންބޮޑުވުންތަކާއި އަދި އުފެދޭ މައްސަލަތައް ހައްލުކުރުން
  21. ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް ނުވަތަ ކޮންޓިނިއުއިން އެޑިއުކޭޝަން ޕްރޮގްރާމްތަކުގެ ކިޔެވުން ނިމުމުން، ޕްރޮގްރާމްގެ ބައިވެރިންނަށް އެ ޕްރޮގްރާމަކުން ހާސިލުވި މިންވަރު ދެނެގަތުމާއި، ސެޓްފިކެޓް ދިނުމާއި އަދި ޕްރޮގްރާމާއި މެދު ބައިވެރިންގެ ޚިޔާލުތައް ހޯދުން
  22. ޔުނިވަރސިޓީއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އަދި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން
  23. ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް ނުވަތަ ކޮންޓިނިއުއިން އެޑިއުކޭޝަން ޕްރޮގްރާމްތައް ކުރިޔަށްގެންދާ  މުދައްރިބުން ސްޕަވައިޒް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
  • ދިވެހި އަދި އިނގިރޭސި ބަހުން، އަނގަބަހުންނާއި އަދި ލިޔުމުން މުއާސަލާތުކުރުމުގެ ހުނަރުތައް ފުރިހަމައަށް ހުރުން
  • ފަންނިއްޔާތުގެ ތަފާތު މަންސަތަކާއި އަދި ގޮތްތައް ފަރިތަކަމާއިއެކު ބޭނުންކުރަން އެނގުން

ނޯޓު: ލިބިފައިވާ ހުނަރަށް ޕޮއިންޓް ދިނުމުގައި، ކޯޕަރޭޓް ޓްރެއިނިންގްތައް ރާވާ ހިންގާފައިވާ ފަރާތްތަކަށް ނުވަތަ އެ ހުނަރާއި ފަންނު ހުރި ފަރާތްތަކާއި އެޑިޔުކޭޝަން ދާއިރާގެ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ. އިގިރޭސި ބަސް ދަންނަ، އިގިރޭސި ބަހުން ކިޔަވައިދެއްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި، ގިނަ މޮޑިއުލްސްތައް ތައްޔާރުކޮށް ކިޔަވައިދެވޭނެ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ސީނިއަރ ލެކްޗަރަރގެ މަޤާމުގެ ދެވަނަ ޝަރުޠުން މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ޔުނިވަރސިޓީގެ އެކެޑަމިކް ޕްރޮފެޝަނަލުންގެ އެކެޑަމިކް އުފެއްދުންތެރިކަން ބަލާ މިންގަނޑުގައި އެވާ ބައިތަކުން އުފެއްދުންތެރިކަން ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  • https://forms.gle/n7hcnBeLNRoSYS8U9
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

 

  • 12 ނޮވެންބަރު 2025 ދުވަހުގެ 23:59 އަށް

 

ނޯޓް:

  • ބިދޭސީ މުވައްޒަފެއް މި މަގާމަށް ހަމަޖެއްސޭނީ ކޮންޓްރެކްޓް އުސޫލުން، ނޭޝަނަލް ޕޭ ފްރޭމްވަރކްގެ ޔުނިވަރސިޓީ އެކެޑަމިކް ޕްރޮފެޝަނަލުންގެ އޮނިގަނޑަށް އަމަލުކުރުމުގެ ކުރިން ބޭނުންކުރަމުން އައި ޔުނިވަރސިޓީގެ އޮނިގަނޑުގެ ސްޕައިންއަކަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 13 ނޮވެންބަރު 2025 ވަނަ ދުވަހުން 13 ޑިސެންބަރު 2025 ވަނަ ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405 ހޮޓްލައިނަށެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

 

05 ނޮވެންބަރު 2025