ބީލަން
ނަންބަރު: (IUL)425-A2/1/2025/227
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 19 ނޮވެންބަރު 2025 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ މަގުތައް މަރާމާތުކުރުމަށް ބޭނުންވާ ކާބްސްޓޯން އަދި ގަޓާރ ކަވަރ ގަތުމާގުޅޭ،

މާލޭގެ މަގުތައް މަރާމާތުކުރުމަށް ބޭނުންވާ ކާބްސްޓޯން އަދި ގަޓާރ ކަވަރ މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ނޮވެމްބަރު 19 ވާ ބުދަ  ދުވަހުގެ 11:00 އަށް މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2025 ނޮވެމްބަރު 16 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

05 ނޮވެންބަރު 2025