ދިވެހިރާއްޖެ
ފެނަކަ އައު އޮފީސް އިމާރާތް ކުރާ ބިމާއި ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް ބޮލޮކްގެ އައު އިމާރާތްކުރާ ބިމާއި އަދި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓްގެ އިމަރާތްކުރުމަށް ކަނޑައަޅައި މި އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ޗާޓުން ފާހަގަކޮށްފައިވާ ސަރަހައްދުގައިވާ އާންމު ފަރާތްތަކުގެ އުފުލޭ މުދާ އެ ސަރަހައްދުތަކުން މިއަދުންފެށިގެން 10 ދުވަހުގެ ތަރޭގައި ނަގައި ބިން ހުސްކޮށްދެއްވުމަށް ދެންނެވީމެވެ.
މީގެ އިތުރުން މި ސަރަހައްދުގައިވާ އާންމު ފަރާތްތަކުގެ ރުއްގަސް ފާހަގަކުރައްވާ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށް އިދާރާއަށް ހުށަހަޅައި ބަދަލުގެ ކަންކަން ދެންނެވިފައިވާ މުއްދަތުގައި ނިންމެވުން އެދެމެވެ.
މި ސަރަހައްދުގައިވާ އާންމު ފަރާތްތަކުގެ ތަކެއްޗަކީ އެކި ފަހަރުމަތިން އެ ސަރަހައްދުން ނެގުމަށް ތަކުރާރުކޮށް އެންގިފައިވާ ތަންތަން ފާހަގަކުރަމެވެ. ވީމާ، މި އިއުލާނުގެ މުއްދަތު ހަމަވުމަށްފަހު، މިތަންތަން ހުސްކުރުމުގެ މަސައްކަތްކުރިއަށް ގެންދެވޭނެކަން އާއްމުކޮށް އަންގައި އިއުލާނުކުރީމެވެ.